ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ފިޔަވަޅުތަކަކަށް އަލުން ދިއުމުގެ ފުރުސަތު ވަރަށް އަވަހަށް އެބައޮތް ކަމަށް މުހައްލިލަކު ވަނީ އިންޒާރު ދެއްވާފައެވެ.
ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ޕްރޮފެސަރު މުހައްމަދު އަލްމަސްރީ ވިދާޅުވި ގޮތުގައި، އީރާނުން ދޫދޭނެ ކަމަށް ނުބެލެވޭތީ، އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން މި މައްސަލަ އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އިގުތިސާދީ ފިއްތުންތަކާއި ހުށަހެޅުންތައް ގަބޫލުނުކުރުމުގެ ބަދަލު ޓްރަމްޕްގެ ކިބައިން ހިފުމުގެ ގޮތުން، މިޑްޓާމް އިންތިޚާބު ކައިރިވަމުން އަންނަ މި ދަނޑިވަޅުގައި މައްސަލަ އިތުރަށް ހޫނުކޮށްލަން އީރާނުން ނިންމައިފާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހޮރްމުޒާ ގުޅޭގޮތުން އީރާނުން ހުށަހެޅި ހުށަހެޅުމަކީ ނޮވެމްބަރު މަހުގެ އިންތިޚާބުގެ ކުރިން ތެލާއި ގޭހުގެ އަގު ދަށްކުރުމަށްޓަކައި ޓްރަމްޕަށް ލިބުނު ފުރުސަތެއް ކަމަށް އަލްމަސްރީ ފާހަގަކުރެއްވިއެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދަށްވުމުން ރިޕަބްލިކަން ކެންޑިޑޭޓުން ޓްރަމްޕާ ދުރުހެލިވަމުން އަންނައިރު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވާ އިގުތިސާދީ ނޭދެވޭ އަސަރު ޓްރަމްޕްގެ ސަރުކާރަށް ވެސް ފޯރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



