ރަސްމާލެ މަޝްރޫޢުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ އިމާރާތެއް ނުވަތަ ޕްރޮޕަޓީ އެކަނި ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ ފަރާތަކުން އެ ތަން ވިއްކާލަން ބޭނުންވި ނަމަވެސް ނުވަތަ މަރުވުމުން ވާރުތަވާން އޮތް ނަމަވެސް، އެކަން ކުރެވޭނީ ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދޭ ހުއްދައެއްގެ ދަށުން ކަނޑައެޅިފައިވާ ފީ ނަގައިގެންނެވެ. އެހެންކަމުން، މިފަދަ ތަންތަން އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެކެވެ. މިއީ ރާއްޖޭގައި މިހާރުވެސް ބޭރު ފަރާތްތަކުން ހިންގާ ރިސޯޓުތަކާއި ވިޔަފާރިތައް ވިއްކައި އަދި ބަދަލުކުރުމުގައި އަމަލުކުރަމުންދާ އުސޫލެވެ.
އޭގެ އިތުރުން، ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް ނުވަތަ އެމީހެއްގެ އާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށާއި، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ފުރިހަމަ ބާރު އޮންނާނީ އިމިގްރޭޝަން ގާނޫނުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަލިއަޅުއްވާލައްވަމުން އޭނާ އިތުރަށް ފާހަގަކުރެއްވީ، ރާއްޖެ މުއްސަނދިވެ ތަރައްގީވުމަކީ އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވުމަށް މުހިންމު ކަމެއް ކަމަށާއި، ގައުމަށް މިއަދު ބޭނުންވަނީ ކުރު މުއްދަތުގެ ވަގުތީ މަންފާއެއްގެ ބަދަލުގައި އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ފަދަ ބިޔަ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.
މި ލިޔުން ކިޔާލުމުން



