މާލެ ފަތާ ޓްރެކް ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނެގި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އެ ކަމަށް އިއުތިރާފުވެއްޖެއެވެ.
މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުށަހެޅުނު މި މައްސަލައިގެ ތަހުގީގުގައި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، އޭނާ ވަނީ ފައިސާ ނެގިކަމަށް އެއްބަސްވެފައެވެ.
މި މައްސަލައިގައި ވަގަށް ނެގި ފައިސާގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާއިރު، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް 40،000 ރުފިޔާ މިހާރު ވަނީ އަނބުރާ ޖަމާކޮށްދީފައެވެ. އަދި ބާކީ 55،000 ރުފިޔާ ތުހުމަތުކުރެވޭ މީހާ ބޭނުންކޮށްފައިވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



