އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން، ފަލަސްތީނާއި އީރާނުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒީ ވަނީ ގޮވާލައްވާފައެވެ. އަދި މެދުއިރުމައްޗާއި ދުނިޔޭގެ ސުލްހައަށް ހުރަސްއެޅޭ ކަންކަމާ ގުޅޭގޮތުން އޭނާ ވަނީ އަޑުއުފުއްލަވާފައެވެ.
ބޮޑުވަޒީރު އަލްބަނީޒީ ވިދާޅުވީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ވަޒަންވެރިވަމުންދާ ދިއުމާ ދެކޮޅަށް އޮސްޓްރޭލިއާއިން އަބަދުވެސް އަޑުއުފުލާނެ ކަމަށެވެ. އަދި ހަމައެއާއެކު، ފަލަސްތީނުގެ މުސްތަޤްބަލުގައި ހަމާސްގެ އެއްވެސް ދައުރެއް އޮތުމާ ދެކޮޅުހަދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒީ ވިދާޅުވީ، ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދުނިޔޭގެ އިޤްތިޞާދަށްވެސް ނުރައްކާތެރި އަސަރުތައް ކޮށްފައިވާ ކަމަށެވެ.
ބޮޑުވަޒީރު ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލައި ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ މިނިވަންކަން ޤާއިމުކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދަށް އަމާޒުކޮށް ދޭ ޙަމަލާތައް ހުއްޓާލުމަށާއި، ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ މަސައްކަތްތައް ދޫކޮށްލުމަށްވެސް އޭނާ އީރާނަށް ގޮވާލެއްވިއެވެ.
މި ލިޔުން ކިޔާލުމުން



