ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއިން ކުރިއަށްގެންދާ 31 މަޝްރޫއެއްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމަށާއި އެ ޕްރޮޖެކްޓުތަކަށް ސަރުކާރުން މިހާރު ފައިސާ ދޭން ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ، ވާރޭކޮޅެއް ވެހޭއިރަށް ނަޖިސް އަރަމުންދާ ފ. ނިލަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ކަމަށެވެ.
އެމްޑަބްލިއުއެސްސީއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ގއ. ގެމަނަފުށީ ނަރުދަމާގެ ނިޒާމާއި، ރ. ދުވާފަރު ފެނާއި ނަރުދަމާގެ ނިޒާމުގެ އިތުރުން އައްޑޫ ސިޓީ ފޭދޫގައި ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމާއި، ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތައް ހިމެނެއެވެ. މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވިގެން މިދިޔައީ، ނިމިދިޔަ ސަރުކާރުން ފަށާފައިވާ ގިނަ ޕްރޮޖެކްޓުތަކެއް ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
މި ލިޔުން ކިޔާލުމުން



