ފަލަސްޠީނާ ބެހޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން ރެޕަރ މެކްލެމޯ ކޮންސެޓް ޓުއާއިން ވަކިކުރުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާ މެދު އަމަލުކުރެވުނު ގޮތަށްޓަކައި އެޑް ޝީރަން މަޢާފަށް އެދިއްޖެއެވެ. އަދި އޭނާ ވަނީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތް ކުށްވެރިކޮށްފައެވެ.
ފިލަޑެލްފިއާގައި ބޭއްވި ކޮންސެޓެއްގައި ވާހަކަދައްކަމުން ޝީރަން ބުނީ، ނިންމަން ޖެހުނު އުނދަގޫ ނިންމުންތަކާއި ހެދުނު ގޯސްތަކަށް ވަރަށް ބޮޑަށް މަޢާފަށް އެދޭ ކަމަށެވެ. މީގެއިތުރުން، އޮކްޓޯބަރު 2023 ގައި ޙަމާސްއިން ދިން ހަމަލާ ކުށްވެރިކުރުމާއެކު، އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމައާއި ހުޅަނގު އައްސޭރީގައި ހިނގަމުންދާ ބޭއިންސާފުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ބުނެ އޭނާ ވަނީ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޝޯއެއްގައި "ފްރީ ޕަލަސްތީން" އޭ ބުނުމާ ގުޅިގެން މެކްލެމޯ ބައިވެރިވާނަމަ ސްޓޭޑިއަމްތަކުގައި ޕަރފޯމް ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އެންގުމުން، ޝީރަން އޭނާ ޓުއާއިން ވަކިކުރުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި މެކްލެމޯއާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ޓުއާގައި ބައިވެރިވާ އެހެން އާޓިސްޓުން ވެސް ވަނީ ވަކިވެފައެވެ.
ސްޓޭޑިއަމްތަކުން އާޓިސްޓުންގެ ކޮންޓެންޓް ސެންސަރުކުރުމާ މެދު ކަންބޮޑުވާ ކަމަށް ޝީރަން ފަހުން ބުނެފައިވާއިރު، މި ހާދިސާއާ ގުޅިގެން ބައެއް މީހުން މިއުޒިކް ސިޔާސީ ނުކުރުމަށް އެދި އަދި އަނެއްބައި މީހުން ވަނީ ކޮންސެޓް ސަރަހައްދުގައި ފަލަސްޠީނުގެ ހައްގުގައި މުޒާހަރާ ކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



