ހުޅުމާލެ 2 ގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި އާންމުންނަށް ފެންނާނެހެން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ހިޔާ 12 ވަނަ ޓަވަރުގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ބެލްކަންޏަކީ ކައިރި އެހެން ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް ސާފުކޮށް ފެންނަ ގޮތަށް ހުންނަ ތަނެކެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުވި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
އާންމު ތަންތަނުގައި ބަދުއަހުލާގީ އަމަލުތައް ހިންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ސަރީހަކޮށް މަނާކޮށްފައިވާ ކުށެކެވެ.
މި ލިޔުން ކިޔާލުމުން



