މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއަށް ޤައުމު ވަދެދާނެ ފަދަ އެއްވެސް އަސްކަރީ ފައުޖެއް ނުވަތަ ވަސީލަތެއް އެ ސަރަހައްދަށް ނުފޮނުއްވާނެ ކަމަށް ދެކުނު ކޮރެއާގެ ރައީސް ލީ ޖައެ މިޔުންގް ވިދާޅުވެއްޖެއެވެ. ނަމަވެސް، އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެވިދާނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީރާނާ ދެކޮޅަށް އެއްބާރުލުން ދިނުމަށް އެމެރިކާގެ ރައީސް އެދިވަޑައިގަންނަވަމުން ދިޔަ ނަމަވެސް، ހަނގުރާމައެއްގައި ބައިވެރިވާންޖެހޭ ފަދަ އެއްވެސް ފައުޖެއް ނުފޮނުވާނެ ކަމުގެ ޔަގީންކަން ރައީސް ލީ ދެއްވިއެވެ. އެހެންނަމަވެސް، އެ ޤައުމުގެ ރައްޔިތުންނާއި، ވިޔަފާރި އާގުބޯޓުތަކާއި ތެޔޮ އުފުލާ އުޅަނދުތަކުގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެ ކުޑަމިނުގެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމެރިކާއާއެކު ވެފައިވާ ވިޔަފާރި އެއްބަސްވުމުގެ ދަށުން އިންވެސްޓްކުރުމުގައި ވިޔަފާރީގެ ފައިދާއާ މެދު އޮތް ކަންބޮޑުވުމަކީ މައިގަނޑު ހުރަސް ކަމުގައި ވިޔަސް، ދެ ފަރާތް އެއްބަސްވުމަކާ ގާތްވަމުން އަންނަ ކަމަށް ރައީސް ލީ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



