މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ލ. މާވަށް، ޢަބްދުﷲ ޤާސިމް (31އ) އެވެ. މި މައްސަލައާ ގުޅިގެން އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
Advertisement
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން މި މަހު 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިގޮތުން ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 29.34 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



