ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 15 އިން ފެށިގެން ހަތަރު ހަފުތާއަށް ކުރިއަށްގެންދާ މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ މި ކޯހަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެއް ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މިއީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރާއި، ސުލޫކީ މިންގަނޑުތަކާއި ޕްރޮފެޝަނަލް މިންގަނޑުތަކަށް އަހުލުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.
މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި “ފިޒިކަލް ޓްރެއިނިންގ އަދި ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ގާނޫނުތައް، ކޮމިއުނިކޭޝަން އެންޑް ޕޮލިސިންގ، ސެކިއުރިޓީ ސްކިލްސް، ލައިފް ސޭވިންގ ސްކިލްސް އަދި ބޭސިކް ފަސްޓްއެއިޑްއާއި ބޭސިކް ފަޔަރ ކޮންޓްރޯލް” ހިމެނެއެވެ.
ފުލުހުން ބުނީ މި ކޯހުގައި ބައިވެރިވަނީ ސްޕެޝަލް ކޮންސްޓަބިއުލަރީ 16 ފިރިހެން ފުލުހުންނާއި 3 އަންހެން ފުލުހުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން



