ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަންކުރެއްވި އަބްދުالله ނާޒިމް އިބްރާހީމް، އެ މަގާމުންވެސް އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ "ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ" ގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް، މި ސަރުކާރުގެ ފެށުމުގައި ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ. އޭގެފަހުން 30 ސެޕްޓެމްބަރު 2024 ގައި އޭނާ ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެވުނު ނަމަވެސް، ކެބިނެޓަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އޭޕްރީލް 14 ގައި އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި ގިނަ ބޭފުޅުންނަށް ފަހުން ވަނީ ސަރުކާރުގެ އެހެން އިސް މަގާމުތައް ހަމަޖައްސަވައިދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން



