ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު ރޭ 21:13 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
Advertisement
އަދި މި އެކްސިޑެންޓްގައި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



