މާލެ ސަރަހައްދުން ކޮންގްރެސް ބާއްވާނެ ތަނެއް ފޯރުކޮށްދިނުމަށް ސަރުކާރުން އިޖާބަދީފައި ނުވާތީ، މައި އިދިކޮޅު ޕާޓީ އެމްޑީޕީ ގެ ކޮންގްރެސް އަންނަ މަހުގެ 1 އިން 3 އަށް ފަސްކޮށްފިއެވެ. އެންމެ ފުރަތަމަ މި މަހުގެ 19 ގައި ބޭއްވުމަށް ނިންމި މި ކޮންގްރެސް ފަސްކުރަން ޖެހުނީ، ހާހަކަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ އިވެންޓެއް ބޭއްވުމަށް ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު ނުވަތަ ސެންޓްރަލް ޕާކު ހޯދުމަށް އެދުމުންވެސް ސަރުކާރުން އެކަމަށް ފުރުސަތު ދީފައި ނުވާތީ ކަމަށް އެމްޑީޕީން ބުނެއެވެ.
މާލޭ ސިޓީ ހޯލުގައި ބާއްވަން މިހާރު ތައްޔާރުވަމުންދާ މި ކޮންގްރެސްގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އޮންނާނީ އެ ޕާޓީގެ "ރަށްވެހި އުފެއްދުން" ޝިއާރުގެ ދަށުން ބާއްވާ އިންވެސްޓްމަންޓް ފޯރަމެކެވެ. އެމްޑީޕީގެ ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ބާއްވާ މި ފޯރަމަށް މިހާތަނަށް 77 ޕްރޮޖެކްޓެއްގެ މައުލޫމާތު ލިބިފައިވާއިރު، ކޮންގްރެސް ފެށެންވާއިރަށް މިއަދަދު 100 އަށް އަރާނެ ކަމަށް އެމްޑީޕީން ލަފާކުރެއެވެ. މި ފޯރަމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ކައުންސިލްތަކުގެ ޕްރޮޖެކްޓްތައް ހުށަހެޅިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން



