ރާއްޖޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސިން ހޯދުމާ ގުޅޭގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު، އޭޑީއެފްޑީގެ ޑައިރެކްޓަރު ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި ދެފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ.
މާލީ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ސަރުކާރުގެ އިސްތިރާޖީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅުން ހަރުދަނާކުރެވޭނެ ގޮތްތަކާއި، އާ މަޝްރޫއުތަކަށް އެހީ ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އަބޫދާބީ ފަންޑުން މެދުކެނޑުމެއްނެތް އެހީތެރިކަން ފޯރުކޮށްދެމުންދާތީ، ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެ ފަންޑަށް ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



