ވިޔަފާރިތަކަށް ކުރިމަތިވާ ތަފާތު ދަތިތަކާއި ކަންބޮޑުވުންތައް ފަސޭހަކަމާއެކު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާއްސަ އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.
"ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" ގެ ނަމުގައި އިފްތިތާހުކުރި މި ޕޯޓަލްގެ ސަބަބުން، އިގުތިސާދީ ވުޒާރާއަށް އީމެއިލް ކުރުމުގެ ނުވަތަ ފޯނުން ގުޅުމުގެ އިތުރުން ސީދާ އެ ވުޒާރާއަށް ހާޒިރުވުމުގެ ބަދަލުގައި، ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތައް ވަގުތުން އޮންލައިންކޮށް ފޮނުވޭނެއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، އެ މުއައްސަސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރެވޭ މި ޕޯޓަލް މެދުވެރިކޮށް މައްސަލަތައް ހުށަހެޅުމުގެ އިތުރުން، ހުށަހަޅާފައިވާ ކަންކަން ކުރިއަށްދާ ގޮތް ބަލައި މޮނީޓަރުކުރުމާއި، އެ މައްސަލަތަކަށް އޮންލައިންކޮށް އަވަސް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި ލިޔުން ކިޔާލުމުން



