ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަތުން ނަގަމުން އައި ކްރޮސް ބޯޑަރ ފީ ނެގުން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ މިރެއިން ފެށިގެން، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު، މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑަރ' ފީ ނެގުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ މީގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތަޢުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1،200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.
ބޭންކުން ބުނީ މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ ޢާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން



