ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ވ. ފެލިދޫ، އަނބުގަސްދޮށުގެ، ސާޖިދު އަބްދުލް މުހައިމިން އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ފުލުހުން ޕެޓްރޯލް ކުރަމުންދިޔަ ވަގުތެއްގައި، ދުއްވާފައިދިޔަ ސައިކަލެއްގެ ފަހަތުގައި އިން ސާޖިދުގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި ޑައިމޯފިން ފެނުނު މައްސަލައެކެވެ.
މި ދައުވާއަށް ސާޖިދު އިންކާރުކުރި ނަމަވެސް، ދައުލަތުން ވަނީ ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ. ދިފާއުގައި ސާޖިދުގެ ފަރާތުން ހުށަހެޅި ހެކިން ކޯޓަށް ހާޒިރުވެފައިނުވާތީ، އޭނާގެ ރުހުމާއެކު މައްސަލައިގެ ނިޔާކަނޑައެޅީ އެ ހެކިންގެ ހެކިބަސް ނުނަގައެވެ.
މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ ސާޖިދު އުމުރަށް ޖަލަށްލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި މި ޖޫރިމަނާ ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުމަށް ވަނީ އަންގާފައެވެ.
މި ލިޔުން ކިޔާލުމުން



