އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން، ޕީއެސް5 ކޮންސޯލެއް ލިބޭ "މިޝަން ޕީއެސް5" ގިވްއަވޭ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.
އެލައިޑުން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ އޮންލައިން ކޮމިއުނިޓީ ވަރުގަދަކޮށް، އިންސްޓަގްރާމް ފޮލޯވަރުންގެ ބައިވެރިވުން އިތުރުކުރުމެވެ. މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް އޮންނާނެއެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށްޓަކައި:
- އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖު ފޮލޯކުރުން.
- "މިޝަން ޕީއެސް5" ގެ އޮރިޖިނަލް ޕޯސްޓަށް ލައިކްކުރުން.
- ކޮމެންޓް ސެކްޝަންގައި 3 ރައްޓެހިން ޓެގްކުރުން.
މީގެ އިތުރުން، ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި "ބޯނަސް އެންޓްރީ" އެއް ހޯދަން ބޭނުންނަމަ، ކެމްޕޭން ޕޯސްޓް އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް @allied.mv ޓެގް ކުރެވޭނެއެވެ.
މި ހަރަކާތުން ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް ޕީއެސް5 އެއް ލިބޭނެއެވެ. ނަސީބުވެރި ފަރާތް ހޮވައި އިއުލާނުކުރުން އޮންނާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެލައިޑުން ވަނީ އެކުވެރިންނާއެކު ގިނަ އަދަދަކަށް މި ހަރަކާތުގައި ބައިވެރިވުމަށް އާންމުންނަށް ދައުވަތު ދީފައެވެ.
މި ލިޔުން ކިޔާލުމުން



