ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލްނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާތީ، އޭގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ހުރިހާ ދާއިރާތަކަކުން ދުރާލައި ތައްޔާރުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ މި ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، އެކި ދާއިރާތަކަށް ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި ރޭވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މި ކަމާ ގުޅިގެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުމާއި، މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެއިތުރުން، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖަޢާކުރުމުގެ އިތުރުން، މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.
ކާރިސާތަކުގެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރާ އދ. ގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫ.އެން.ޑީ.އާރް.އާރް) އިން ވެސް މިހާރު ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިފަދަ ޙާލަތްތަކުގައި ޢަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު އުޞޫލުތަކެއް އެކުލަވާލައި ޢާންމުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



