ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ 13 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިއީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، ޒުވާން ޖީލުގެ ތެރެއިން އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާގައި 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، 13 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ޒުވާން ޚަޠީބުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަަޠީބުން ތަމްރީނުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން



