ރަސްމާލެއާއި ގިރާވަރުފަޅު ހިއްކުމުގެ ބޮޑު މަޝްރޫއު މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު މައުލޫމާތު ދެއްވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ހަރަދުތައް ބޮޑުވުމުގެ ސަބަބުން މި ދެ މަޝްރޫއަށް ކުރިން މަޑުޖެހުމެއް އައި ނަމަވެސް، މިހާރު މަސައްކަތްތައް ކުރިއަށްދަނީ ބާރަށް ކަމަށެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ތަރައްގީކުރާ ރަސްމާލޭގެ ބޮޑުބައެއް މިހާރުވެސް ހިއްކާ ނިމިފައިވާއިރު، ބާކީ އޮތް 400 ހެކްޓަރުގެ ބިން މިއަހަރުގެ ނިޔަލަށް ހިއްކައި ނިންމާލެވޭނެއެވެ. މީގެ އިތުރުން ގިރާވަރުފަޅު ހިއްކުމުގެ ކޮންޓްރެކްޓަރާއެކު ސޮއިކޮށް ފައިސާ ހަމަޖައްސާފައިވާތީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



