މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ ގެ ރީ-އެމްޕްލޯއިމަންޓް ގާނޫނުގެ ދަށުން، އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންނަށް އަލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދޭން ނިންމައިފިއެވެ. އެ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސައިދޭނީ އަހަރުން އަހަރަށް އައުކުރާ ގޮތަށް، 12 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި ގަވާއިދުގެ ދަށުން 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ލިބެނީ އެމްއެމްއޭގައި ސާވިސް ކުރަން އެދޭ ފަރާތްތަކަށާއި، ޕެންޝަން ހައްގުވާ އުމުރު ހަމަވެގެން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ގަވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އަލުން ވަޒީފާއަށް އެދޭ ފަރާތްތަކަށެވެ. އަދި އަލުން ވަޒީފާ ދެވޭނީ އުމުރުން 75 އަހަރު ފުރުމާ ދެމެދު މަދުވެގެން 13 މަސްދުވަސް ބާކީ އޮތް ފަރާތްތަކަށެވެ. މީގެ އިތުރުން، އެމްއެމްއޭގެ ދާއިމީ މުވައްޒަފަކު އުމުރުން 65 އަހަރު ފުރުމަށްފަހު ވަޒީފާގައި ދެމިހުންނަން ބޭނުންނަމަ، 65 އަހަރު ފުރުމުގެ 6 މަސްދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދޭއިރު، ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމެއްވެސް ދެވިދާނެއެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގަނެ، މުސާރައާއި އިނާޔަތްތަކަށް ބަދަލުކުރުމުގެ އިޚްތިޔާރުވެސް އޮންނާނެއެވެ. މި އުސޫލުން ވަޒީފާ ދެވޭ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުގެ މިންގަނޑުތަކާ އެއްގޮތަށް ގަވަރުނަރެވެ. އަދި އަލުން ވަޒީފާއާ ގުޅުމަށްފަހު ވަކިވާން ބޭނުންވާނަމަ 21 ދުވަހުގެ ނޯޓިސްއެއް ދޭންޖެހޭނެއެވެ.
މި ލިޔުން ކިޔާލުމުން



