ހއ. ތަކަންދޫއިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 26 އަހަރުގެ ފިރިހެނަކު ތަކަންދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. އިހަވަންދޫ، ބިޖިލީގެ، އަޙްމަދު ޝައްމާޚް (26އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިސްގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 2.0 ގްރާމްގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ޝައްމާޚްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



