Thursday, October 22
މާލޭގެ ގެސްޓުހައުސް އަކުން މަސްތުވާތަކެއްޗާއެކު 9 ބިދޭސީން ހައްޔަރުކޮށްފި

މާލޭގެ ގެސްޓުހައުސްއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ނުވަ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މާލޭގެ ގެސްޓުހައުސްއެއް ބަލައިފާސްކުރުމަށްފަހުއެވެ. އެ ސަރަޙައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ 9 މީހުންނަކީ:

  • ތޯހިދުލް އިސްލާމް (35އ)
  • މޮނީރް ބެޕާރީ (37އ)
  • ޖަކިރް މުންޝި (46އ)
  • އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)
  • އެމް.ޑީ އުސްމާން (23އ)
  • މޮހައްމަދު ބަބްލޫ އަލީ (34އ)
  • އެމް.ޑީ ރައިހާން (32އ)
  • އަފްރަނުލް ހޮގް އާޝިކު (34އ)
  • މުޙައްމަދު ރަކިބް ހޮސެއިން (30އ)

މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ މީހުން ރާއްޖެއިން ޑީޕޯޓްކޮށްލުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު