ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި، ފުލުހުންގެ ހިދުމަތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މި ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި އުޅޭ ބިދޭސީންގެ އިތުރުން މުޅި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުން އެ އަޒުމާއި ރޫހުގައި، އެ އަމާޒު ހާސިލުކުރުމަށް އަބަދުވެސް އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމުގައި ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ މި މުއައްސަސާގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރަން.
ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ… pic.twitter.com/Fegvh9fzzz
— Dr Mohamed Muizzu (@MMuizzu) September 1, 2026
ރާއްޖޭގައި ފުރަތަމަ ފުލުހުންގެ ހިދުމަތް 1933 ވަނަ އަހަރު ތައާރަފުކުރި ނަމަވެސް، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވަނީ 1 ސެޕްޓެމްބަރު 2004 ގައެވެ.



