Thursday, October 22
ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި، ފުލުހުންގެ ހިދުމަތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި އުޅޭ ބިދޭސީންގެ އިތުރުން މުޅި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުން އެ އަޒުމާއި ރޫހުގައި، އެ އަމާޒު ހާސިލުކުރުމަށް އަބަދުވެސް އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމުގައި ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ފުލުހުންގެ ހިދުމަތް 1933 ވަނަ އަހަރު ތައާރަފުކުރި ނަމަވެސް، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވަނީ 1 ސެޕްޓެމްބަރު 2004 ގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު