ލަގެޖު ހިފައިގެން ބުރިޖު މަތިން ހިނގާފައި އެއާޕޯޓާ ދިމާއަށް ދިޔަ ދެ ބިދޭސީއަކު ހުއްޓުވައިފިއެވެ.
ފުލުހުން ބުނީ އިއްޔެ 17:00 އެހައިކަންހާއިރު ސިނަމާލެ ބްރިޖް މަތިން އެއާޕޯޓާ ދިމާއަށް ހިނގާފައި ދިޔަ ދެ ބިދޭސީއަކަށް އެޓެންޑްވެފައިވާ ކަމަށެވެ.
Advertisement
އަދި އެ ސަރަހައްދަކީ ހިނގާފައި ދިއުން މަނާ ސަރަހައްދެއްކަން އެ މީހުންނަށް އަންގައި ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެއަށްފަހު ފުލުހުން ވަނީ އެ މީހުންގެ ދަތުރު ކުރިއަށް ގެންދިއުމަށްޓަކައި ޓެކްސީއެއް ހޯދައިދީ އެހީތެރިކަން ފޯރުކޮށްދީފައެވެ.



