ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު 71،000 އަށްވުރެ އިތުރުވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 71،000 ފަހަނައަޅައި ގޮސްފައެވެ. އަދި މެންބަރުންގެ އަދަދު މިހާ އަވަހަށް އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 71،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ބުނި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިހާރު ރަސްމީކޮށް ސޮއިކޮށްފައިވަނީ 67،579 މެންބަރުންނެވެ. ދެވަނައަށް އެންމެ މެންބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އެއީ 55،399 މެންބަރުންނެވެ. އަދި 10،401 މެންބަރުންނާއެކު ތިންވަނައިގައި އޮތީ ޖުމްހޫރީ ޕާޓީއެވެ.



