މާލޭ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންނަށް މި މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:51 ހާއިރުއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމެވެ.
Advertisement
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



