އާދިއްތަ, October 11
މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހޯދަން އަވަށް ތަކުގެ ރައްޔިތުންނާ ބައްދަލުކުރަނީ

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ފުރިހަމަކުރުމުގެ ގޮތުން މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، "ރީތިންކް މާލެ އާބަން ސްޓްރެޓެޖީ" އާއި "ލޯކަލް ޑިވެލޮޕްމަންޓް ޕްލޭން" ގެ އޮނިގަނޑާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން އާންމުންގެ ހިޔާލު ހޯދުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ 8:30 ގައި ވިލިމާލެ ޔޫތު ސެންޓަރުގައި ވިލިމާލޭގެ ރައްޔިތުންނާއެކު އޮންނާނެއެވެ. އަދި ދެވަނަ ބައްދަލުވުން އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގަލޮޅު މަދަރުސާގައި ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތައް ބާއްވަން ނިންމާފައި މިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކަށް ބޮޑު ހަރަދެއް ކުރާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ކައުންސިލަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހާމަވި މައުލޫމާތުން، މިދިޔަ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމަކަށް ބޮޑު ހަރަދެއް ހިނގާފައިވާކަން އެނގެއެވެ. ނަމަވެސް، ކައުންސިލްގެ އިސްވެރިން ވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު މިފަދަ ބައްދަލުވުންތަކަށް ކުރާ ހަރަދުތައް މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު