1448 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއިން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. އުރީދޫގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްދިޔަ މި ހަފުލާގައި، އިސްރަށްވެހިންގެ ޚާއްސަ ހަރަކާތްތަކާއި އެކި ކަހަލަ ހުށަހެޅުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން، ދިވެހި ސަގާފީ ކެއުންތައް ހިމެނޭ ޚާއްސަ ސުފުރާއެއްވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ކުރިއަށް ގޮސްފައެވެ.
Advertisement
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހަރަކާތަކީ އިސްރަށްވެހިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.



