ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މިއީ އޮގަސްޓު 15 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރޭގައި އަތުލައިގެން ތަކެތި ކަމަށެވެ.
15 އޮގަސްޓް 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ކެނަބިސް
🔹 ބަރުދަން: 3207 ގްރާމް pic.twitter.com/w6XMOgtRZH— Maldives Customs Service (@CustomsMv) August 18, 2026
މިގޮތުން އަތުލައިގެންފައިވަނީ 3،207 ކިލޯގްރާމްގެ ކެނަބިސް ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.



