އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާއާއި ދެކޮޅަށް ރާއްޖޭގައިތިބި ބޭރުގެ އެމްބަސީތަކުގެ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރި ޝާދިޔާއާއި ޑރ. ޝަޒްރާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިފިއެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެމްބަސީތަކުގެ ކައިރީ އަޑުގަދަކޮށް، އެތަނުން ދިޔުމަށް ފުލުހުން އަމުރު ކުރުމުން އެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ކޯޓުން ކުރި އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ އެމްބަސީތަކުގެ ކައިރިއަށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން އަޑުގަދަކޮށް އެމްބަސީތަކުގައި ތިބި ސަފީރުންނަށް އުނދަނގޫވާ ގޮތަށް މުއާމަލާތް ކޮށްފައިވާތީ ކަމަށެވެ.
މި ދެމީހުންނަކީ އިސްރާއިލްގެ ރައްޔިތުން ރާއްޖެ އައުން މަނާކުރުމާއި ފަލަސްތީނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލުމުގައި ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ދެމީހުންނެވެ.
ފުލުހުން އެދެމީހުން ހައްޔަރުކުރުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީ އަދި އަދާލަތު އިތުރުން ވަރަށް ގިނަ އާންމު ރައްޔިތުންވެސް އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން