ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި ތިން މީހަކު ހާޒިރުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން ހާޒިރުވުމަށް އިއުލާނުކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. މި އިއުލާނު ނެރެފައިވަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
މި މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުވުމަށް އަންގާފައިވާ ތިން މީހުންނަކީ:
- ޙަސަން އައިމަން އަޙްމަދު (33އ)، މ. ހޯރަވިލާ / މާލެ (އައިޑީ ކާޑް ނަންބަރ: A378378)
- ސަޢީދު ޙަސަން (53އ)، ޗޭނުގެ / ށ.ފޭދޫ (އައިޑީ ކާޑް ނަންބަރ: A083427)
- މާކްސް ފްރަންސިސް (38އ)، އިންޑިއާ (ޕާސްޕޯޓް ނަންބަރ: P9343953)
މި ތިން މީހުންވެސް ހާޒިރުވާންޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. ފުލުހުން އަންގާފައިވަނީ 2026 އޯގަސްޓް 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް އެ ތަނަށް ހާޒިރުވުމަށެވެ.



