އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމް ކައިރި ކޮރިޑޯގެ ބިމުގައި ކަންތައްތަކެއް ކުރުމަށް ވަގުތީ ގޮތުން ބަންދުކުރަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގޭ އިމަރޖެންސީ ރޫމް ކައިރީގައިވާ ކޮރިޑޯގެ ފްލޯރިންގ ބަދަލުކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި، އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފައެވެ.އައިޖީއެމްއެޗުން އާންމުކޮށްފައިވާ އެންގުމުގައިވާ ގޮތުން، މި މަސައްކަތް ކުރިއަށްދާނީ 6 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 00:00 އިން ފެށިގެން 7 އޮގަސްޓް 2026 ވާ ހުކުރު ދުވަހުގެ 00:00 ގެ ނިޔަލަށެވެ.
މި ވަގުތުކޮޅުގެ ތެރޭގައި ހޮސްޕިޓަލުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން އީއާރަށް ވަދެނުކުތުމަށްޓަކައި، އީއާރުގެ ފަހަތުގައިވާ ވެންޑިންގ މެޝިން ކައިރީގައިވާ ދޮރު ބޭނުންކުރުމަށް ހޮސްޕިޓަލުން އެދެއެވެ. އަދި މި މުއްދަތުގައި އީއާރު ގްރީން ޒޯންގެ އެންމެހައި ޚިދުމަތްތައް ވަގުތީ ގޮތުން އައިޖީއެމްއެޗް ލުއިބުއިން ކައިރީގައިވާ ޖެނެރަލް އޯޕީޑީ ކޮޓަރިތަކަށް ބަދަލުކުރެވޭނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އައިޖީއެމްއެޗްގެ ނަންބަރު 3335335 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރުން އެދެމެވެ.



