ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވަނީ ޖުމުލަ 800 ވޭޕް ކާޓްރިޖެވެ. މި ތަކެތި އަތުލައިގެންފައިވަނީ މި އޮގަސްޓު މަހުގެ 3 ވަނަ ދުވަހުއެވެ.
Advertisement
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި. pic.twitter.com/b6s7PzTWpi
— Maldives Customs Service (@CustomsMv) August 6, 2026
ސަރުކާރުން ނިންމާފައިވަނީ ނޮވެމްބަރު 15، 2024 އިން ފެށިގެން ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށެވެ. މި ނިންމުމާ ގުޅިގެން ކަސްޓަމްސްއިން އަންނަނީ ރާއްޖެއަށް އެތެރެކުރާ މުދާ އިތުރަށް ހަރުދަނާކޮށް ބަލަމުންނެވެ.



