ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރުއެވެ.
Advertisement
މެގަލިންކްސްއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި މަސައްކަތުގެ ޖުމުލަ އަގަކީ 1،695،503.56ރ. އެވެ.



