ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން މިއަދު އިޢުލާނުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހޯދަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ. މި މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އަންގައި ޗިޓު ރައްދުކުރެވިފައި ނުވާތީ، ފުލުހުން ވަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އެ ފަރާތްތައް ހާޒިރުވުމަށް އާންމުކޮށް އިއުލާނުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދާ ދެ މީހުންނަކީ:
- އިބްރާހީމް އަޒުހަދު (36އ)، ހިޔަލީގެ / ށ.ކޮމަންޑޫ (އައިޑީ ކާޑު ނަންބަރު: A264210)
މީނާ ހާޒިރުވާން އަންގާފައިވަނީ 2026 އޯގަސްޓް 15 ވަނަ ދުވަހުގެ 15:00 އަށެވެ. - ޝިހާނު އަޙްމަދު (27އ)، ނިއުޒިލް / ގއ.ކަނޑުހުޅުދޫ (އައިޑީ ކާޑު ނަންބަރު: A340125)
މީނާ ހާޒިރުވާން އަންގާފައިވަނީ 2026 އޯގަސްޓް 09 ވަނަ ދުވަހުގެ 09:00 އަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުންވެސް ހާޒިރުވާންޖެހެނީ މާލޭގައި ހުންނަ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.



