އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ސިފައިންގެ އަސްކަރީ ތަމްރީނުތައް އިއްޔެ ފަށައިފިއެވެ.
ދިފާޢީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރިނުތަކެއް 2026 ޖުލައި 28 އިން ފެށިގެން 2026 ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް، ސ. ހިތަދޫ، ސ. ފޭދޫ، ސ. ގަން އަދި ޏ. ފުވައްމުލަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ތާވަލްކުރެވިފައިވާ ކަމަށެވެ.
Advertisement
އަދި މިތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވެ، ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.



