ރާއްޖެއާއި ނެމީބިއާ އާ ދެމެދު ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހިޒް އެކްސެލެންސީ އެލެކްސް އެލް. ޓުކުހުޕްވެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ނެމީބިއާގެ ހައިކޮމިޝަނަރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި ވުނަކުރުމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ޙިއްޞާކުރުން ހިމެނެއެވެ.
އަދި ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ނެމީބިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1990 ގައެވެ.



