މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ގުޅޭގޮތުން ސްލޮވޭނިއާގެ އައު ސަފީރާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތަރައް ކުރިއަށްގެންދިޔައީ ސްލޮވޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ތޮމާޝް މެންސިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ސްލޮވޭނިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީފަދަ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް ޢަޒުމް އައުކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި ސްލޮވީނިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 4 މާރިޗު 1996 ގައެވެ.



