އާދިއްތަ ދުވަހަށް ހަމަވިއިރު، އެ މަގާމަށް 10 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަފީގާ ނައީމާއި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ގެ ކުރީގެ އިސްވެރިޔާ އިސްމާއިލް ސާޖިދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުންގެ އިތުރުން ދެން މި މަގާމަށް ކުރިމަތިލެއްވީ
* ގދ. މަޑަވެލި ވަލުގެ، ހޫދު މުހައްމަދް
* ރ. މަޑުއްވަރި ސީޕިޔާގެ، އަހުމަދު ރިފުއަތް
* ދ. މާއެނބޫދޫ މަލާޒު، އާދަމް ޝަމީމު
* މ. ޒޭވަރު، އައިމިނަތު ނަޝްމީ ފަޒީލް
* ސ. ހިތަދޫ އަސްރަފީވިލާ، އާއިޝަތު ހިކްމާ
* މ. ރަތްމަންދޫ ނައިޓްރޯސް، މުހައްމަދު ނިޔާޒު
* މ. މެދުރިޔާ، މަރުޔަމް ޝަހާނާ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމްޖަދު އިސްތިއުފާ ދެއްވުމަށްފަހު، އޭނާ މިއަދު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.



