Thursday, October 22
ށ.ފޯކައިދޫ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާ އެއް ހިނގައިފި
ށ.ފޯކައިދޫ އިރުދޭމާގޭގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ. އިރުދޭމާގޭގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ، ފުލުހުންނާއި އާންމު ރައްޔިތުންގެ ބޮޑު އެހީތެރިކަމަކާއި އެކު ނިއްވާލެވުނެވެ. މި ހާދިސާގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، އިރުދޭމާގެއާއި އެގޭގައި ހުރި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދައިގެން ގޮސްފައެވެ. މިގެއަކީ އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ދިރިއުޅޭ ގެއެކެވެ.

މި ހާދިސާއާ ގުޅިގެން ހާލުގައިޖެހުނު ބިދޭސީ މަސައްކަތްތެރިންނަށް ށ.ފޯކައިދޫ ކައުންސިލުގެ ފަރާތުން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އަލިފާނުގެ ހާދިސާގައި ގެއްލުންވި ބިދޭސީންނަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެ މީހުން ނިސްބަތްވާ ކުންފުނީގެ ވެރިންނާ ގުޅިގެން މިހާރު އަންނަނީ ކުރިއަށްގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު