ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ 2026 ޖުލައި 10 ވަނަ ދުވަހުގެ 15:12 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
Advertisement
އަދި މި މާރާމާރީގައި އަނިޔާވި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 18 އަހަރު، 27 އަހަރު، 31 އަހަރު އަދި 22 އަހަރުގެ ދިވެހި ހަތަރު ފިރިހެނުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



