އާދިއްތަ, October 11
އުކުޅަހުގައި ކުރިއަށްގެންދިޔަ ބޭސިކް ފިޓްނަސް އިންސްޓްރަކްޓާސް ކޯސް ނިންމާލައިފި

އއ. އުކުޅަހުގައި ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ބޭސިކް ފިޓްނަސް އިންސްޓްރަކްޓާސް ކޯސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި އުކުޅަހު ކައުންސިލް ގުޅިގެން އެ ރަށުގައި އަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް 14 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ސްޕޯޓްސް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ތިއަރީ އަދި ޕްރެކްޓިކަލް މުހިންމު ފިލާވަޅުތަކެއް ވަނީ އުނގަންނައިދީފައެވެ. މި ކޯހުގައި ކިޔަވައިދެއްވީ މި ދާއިރާގެ ތަޖުރިބާކާރު ޓްރެއިނަރުން ކަމަށްވާ ޢަބްދުﷲ އިބްރާހީމް އަދި އަޙްމަދު ރިޟާއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އުކުޅަހު ކައުންސިލްގެ ރައީސް ޢަލީ ވަޙީދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު