އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ އުނގެނުމާއި ތަރައްޤީވުމުގެ އުނިކަންކަން ދެނެގަތުމަށް ރާއްޖޭގައި ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރ، ގދ. ގައްދޫ، ކަށިކެޔޮމާގެ، ޑރ. އާމިނަތު ފަޒުނާ (47އ) ކެންސަރު ބަލީގައި ނިޔާވެއްޖެއެވެ.
2024 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗްގައި ޙިދުމަތް ކުރައްވަމުން ގެންދެވި ޑރ. ފަޒުނާގެ ވަކިވުމާ ގުޅިގެން، ސިއްޙީ ދާއިރާގެ ބޭފުޅުންނާއި އެކަމަނާގެ އެހީތެރިކަން ލިބުނު ގިނަ އާއިލާތަކަކުން ދަނީ ފުން ހިތާމައެއް ފާޅުކުރަމުންނެވެ. ޑރ. ފަޒުނާގެ ޙިދުމަތަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
Advertisement
ޑރ. ފަޒުނާގެ ޖަނާޒާ ކުރިއަށް ދިޔައީ މިރޭ އިޝާ ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.



