ކުންފުނީގެ މުސްތަގުބަލަށް ބޭނުންވާ ގާބިލު ލީޑަރުން ބިނާކުރުމުގެ މަގުސަދުގައި، ސްޓެލްކޯގެ ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 'އޯގަނައިޒޭޝަނަލް ލީޑަރޝިޕް ރެޑިނަސް ޕްރޮގްރާމް' މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސްޓެލްކޯގެ 'ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ' ގައި ދެ ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ކުންފުނީގެ ހިންގުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ކުންފުނީގެ މުސްތަގުބަލަށް ބޭނުންވާ ގާބިލު ލީޑަރުން ބިނާކުރުމުގެ މަގުސަދުގައި، ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 'އޯގަނައިޒޭޝަނަލް ލީޑަރޝިޕް ރެޑިނަސް ޕްރޮގްރާމް' މިއަދު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައި. ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ދެ ދުވަހަަކަށް… pic.twitter.com/BheDeH2IP2
— STELCO (@STELCOMALDIVES) June 30, 2026
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ މަސައްކަތުގެ މާހައުލު ބައްޓަންކުރުމުގައާއި މުވައްޒަފުން ކުރިއެރުވުމުގައި ޔުނިޓް ހެޑުން އަދާކުރާ މުހިންމު ދައުރު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމެވެ.
މީގެ އިތުރުން، މިފަދަ ތަމްރީނުތަކުގެ ސަބަބުން ކުންފުނީގެ ދުރު ރާސްތާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޔުނިޓްތަކުގެ އިސްވެރިންނަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. ސްޓެލްކޯއިން އަންނަނީ މުވައްޒަފުންގެ ފެންވަރު މަތިކޮށް، ގާބިލު ދިވެހި ލީޑަރުން އުފެއްދުމަށް މިފަދަ ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.


