ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެމްޓީސީސީގެ ސަލާމާތީ ކަންކަން ވަރުގަދަކޮށް، ތައްޔާރީ ހާލަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ތިލަފުށީގައި "ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް" އެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ހާއްސަ ތަމްރީނު ހަރަކާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 13:00 އިން ފެށިގެން ހަވީރު 18:00 އަށް ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ސައިޓުގައެވެ.
ސަމާލުކަމަށް!
ފުލް ސްކޭލް އިމަރޖެންސީ އެކްސަސައިޒް pic.twitter.com/VCmYLl3xX0
— MTCC Plc (@MTCCPlc) July 1, 2026
މި ތަމްރީނާ ގުޅިގެން އާންމުންގެ ސަމާލުކަމަށް އެދި އެމްޓީސީސީން ބުނީ، އެކްސަސައިޒް ކުރިއަށްދާ ވަގުތު ތިލަފުށީ ސައިޓުން ދުމާއި އަލިފާން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް، މިއީ ރޭވިގެން ހިންގޭ ތަމްރީނެއްގެ ބައެއް ކަމުން، މިކަމާ ގުޅިގެން އެއްވެސް ފަރާތަކުން ކަންބޮޑުނުވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.
އެމްޓީސީސީން އިތުރަށް ހާމކުރި ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ ކަމާގުޅޭ މާހިރުންގެ އިރުޝާދުގެ ދަށުންނެވެ. އަދި ތަމްރީނު ކުރިއަށްދާ ވަގުތު އިމަޖެންސީ ރެސްޕޮންސް ޓީމްތަކާއި ކަމާބެހޭ އިދާރާތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެއެވެ. މި ހާއްސަ ހަރަކާތް ނިމުނުހާ އަވަހަކަށް އެކަން އާންމުންނަށް ރަސްމީކޮށް އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.


