ބ. ތުޅާދޫގައި ސަރުކާރުން ކުރިއަށްގެންދާ ދެ ބުރީގެ ސަގާފީ މަރުކަޒެއް (ކަލްޗަރަލް ސެންޓަރ) ބިނާކުރުމުގެ މަޝްރޫއުގެ މުހިންމު މަރުހަލާއެއް ނިންމާލައި، މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އެމްޓީސީސީއިންބުނީ ސަގާފީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ މައި އިމާރާތުގެ ފައުންޑޭޝަންގެ ފޫޓިންތަކަށް ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. މިއީ އިމާރާތުގެ އޮނިގަނޑު ވަރުގަދަކުރުމަށްޓަކައި އެންމެ މުހިންމު އެއް މަރުހަލާއެވެ.
މީގެ އިތުރުން، މަޝްރޫއުގެ ސައިޓުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، އިމާރާތުގެ ބިންގާ އިތުރަށް ހަރުދަނާކުރުމަށް އަޅާ ޓައި ބީމްތަކުގެ ދަގަނޑު ގަތުމުގެ މަސައްކަތްތައް ސައިޓުގައި ތިބި މުވައްޒަފުން މިވަގުތު އަންނަނީ ކުރަމުންނެވެ.
Project Update: Two Storey Cultural Centre at B Thulhaadhoo
Main building footings casting work has been completed. Tie beam bar bending works are currently ongoing at the project site.
Follow more updates at: https://t.co/SfVAzkVuzR#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/tnWsLDdk8Z
— MTCC Plc (@MTCCPlc) June 29, 2026
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 24.4 މިލިޔަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމާ ގޮތަށެވެ. ދެ ފަންގިފިލާއަަކަށް ތަރައްގީ ކުރާ އެ ސެންޓަރުގައި ކެފޭއެއް އަދި ހިތްފަސޭހަކޮށްލުމަށް ޖާގަވެސް ހުންނާނެއެވެ.
މި ޕްރޮޖެކްޓް އިތުރުން އެމްޓީސީސީއިން އަންނަނީ ތުޅާދޫގައި އިތުރު3 މަޝްރޫއެއް ހިންގަމުންނެވެ. އެއީ އެ ރަށުގެ އެއާޕޯޓް ތަރައްގީކުރުމަށް ބިންހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރުން ބ. ތުޅާދޫ އެއްގަމުތޮށި އަދި ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތެވެ.



