މިއަދަކީ ކަލަންޑަރުގެ ގޮތުން ބަލާއިރު ވަރަށް ހާއްސަ އަދި އެހާމެ ރީތި ތާރީޚެކެވެ. މިއަދުގެ ތާރީޚް 26.6.26 ކަހަލަ ހިތްގައިމު ތާރީޚުތަކަކީ އާންމުކޮށް ގިނަ ބަޔަކު ހަޔާތުގެ ބޮޑެތި ނިންމުންތަކާއި، ހާއްސަކޮށް ކައިވެނި ކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ ދުވަސްތަކެކެވެ.
ދިވެހިރާއްޖޭގެ ފެމިލީ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު އެކަނިވެސް ޖުމްލަ 50 ކައިވަނީ ކޮށްފައެވެ.
ފެމިލީ ކޯޓުއިން ހާމަކުރި ގޮތުގައި މިއަދު ކުރެވުނު ކައިވެނިތަކުގެ ތެރެއިން 11 ކައިވެންޏެއް ކޮށްފައިވަނީ ސީދާ ކޯޓުގައެވެ. އަދި ބާކީ 39 ކައިވެނި ކޮށްދީފައިވަނީ ކޯޓުން ބޭރުގައިގައެވެ.




